"ފާފު އެންމެ ސާފު" ޕްރޮގްރާމްގެ ދަށުން ބިލެއްދޫ ސާފުކުރުމުގެ މަސައްކަތް ކޮށްފި

05 މާރިޗް 2016

މިއަތޮޅު އަތޮޅުކައުންސިލްގެ އިދާރާއިން އިސްނަގައިގެން މިއަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއް ސާފުކުރުމުގެ ޕްރޮގްރާމްގެ ދަށުން 05 މާރިޗް 2016 ވަނަ ދުވަހު މިއަތޮޅު ބިލެއްދޫ ސާފުކުރުމުގެ މަސައްކަތް ކޮށްފިއެވެ.

މި މަސައްކަތުގައި ބިލެއްދޫގެ ދާއިރާތަކުގެ މުވައްޒަފުންނާއި، ޢާންމު ރައްޔިތުންގެ ތެރެއިން ގިނަ ޢަދަދެއްގެ މީހުން ބައިވެރި ވެފައި ވެއެވެ. މީގެ އިތުރުން މި މަސައްކަތުގައި އަތޮޅުކައުންސިލްގެ އިދާރާގެ މުވައްޒަފުންނާއި، މިއިދާރާގެ ބައެއްމުވައްޒަފުންނާއި، މަގޫދޫ ކައުންސިލްގެ އިދާރާގެ ބައެއް މުވައްޒަފުން ބައިވެރި ވެފައި ވެއެވެ. މި މަސައްކަތުގައި ބިލެއްދޫން ވަރަށް ބޮޑު ތަރުޙީބެއް ލިބިފައި ވެއެވެ.

އަތޮޅުކައުންސިލުން އިސް ނަގައިގެން އަތޮޅުގެ ރަށްރަށް ސާފުކުރުމަށް ހިންގާ މި ޕްރޮގްރާމަކީ އަތޮޅުގެ ރައްޔިތުންގެ މެދުގައި ކުނި ނައްތާލުމުގެ ހޭލުން ތެރިކަން އިތުރުކޮށް މިއަތޮޅުގެ ހުރިހާ ރަށަކީ ސާފުތާހިރުކޮށް އޮންނަ ރަށްތަކެއްގެ ގޮތުގައި ހެދުމަށާއި، އަތޮޅުކައުންސިލާއި، ރަށްރަށުގެ ރައްޔިތުންގެ މެދުގައި އޮންނަންޖެހޭ އިޖްތިމާޢީ ގުޅުން މިހާރަށްވުރެ ރަގަނޅު ކުރުމަށް ހިންގާ ޕްރޮގްރާމެކެވެ.