އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ޢަލީ ވަޙީދު ޢައްޔަން ކުރައްވައިފި

މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާރޒްގެ މަޤާމަށް ފ.ނިލަންދޫ ވެނީލާގޭ އަލްފާޟިލް ޢަލީ ވަޙީދު ޢަބްދުއްރަޙްމާނު ރައީސުލް ޖޫމްހޫރިޔާ ޢައްޔަން ކުރައްވައިފިއެވެ.
ޢަލީ ވަޙީދު ޢަބްދުއްރަޙްމާނު މިހާތަނަށް ހުންނެވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާރޒްގެ ނައިބްގެ މަޤާމުގައެވެ.
އިސްލާމިކް މިނިސްޓަރު ކަމުގެ މަގާމުން ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިސްތިއުފާ ދެއްވި ފަހުން އެ މިނިސްޓްރީއަށް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ.
އެގޮތުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމަށް އިއްޔެ ބޭފުޅަކު ހަމަޖެއްސެވުމުގެ އިތުރުން މިނިސްޓަރު ކަމުގެ މަގާމަށް މިދިޔަ ހަފްތާގައި ޑރ. އަހުމަދު ޒިޔާދު ބާގިރު ވަނީ ހަމަޖައްސަވައިފަ އެވެ.