އަތޮޅުލީގް ޒަމާނީ ބަށިބޯޅަ މުބާރާތް 2015 ފެށިގެން ކުރިއަށް އެބަދޭ

ބަށިބޯލް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް އިން އިންތިޒާމް ކޮށްގެން ރާއްޖޭގެ އަތޮޅުތަކަށް ހުޅުވާލާފައިވާ އަތޮޅުލީގް ޒަމާނީ ބަށިބޯޅަ މުބާރާތް 2015 ފެށިގެން ކުރިއަށް އެބަދެއެވެ. ބައެއް އަތޮޅުތަކުގައި އަތޮޅުލީގް މުބާރާތް މިހާރުވަނީ ނިމިފައެއެވެ.
މި އަތޮޅު އަތޮޅުލީގު ބަށި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 28 މެއި 2015 ވަނަ ދުވަހު މިއަތޮޅު ފީއަލީގައެވެ. އަތޮޅުލީގު ބަށިމުބާރާތުގައި ބައިވެރިވުމަށް ހުޅުވާލި ފުރުޞަތުގައި މުބާރާތުގައި ބައިވެރިވެފައިވަނީ ފީއަލި، މަގޫދޫ، ނިލަންދޫ މި ތިންރަށުންނެވެ. މި ތިންރަށުން 6 ޓީމު މި މުބާރާތުގައި ވާދަކުރެއެވެ. އެއީ ފީއަލިން 3 ޓީމު، މަގޫދޫން 2 ޓީމު، އަދި ނިލަންދޫން 1 ޓީމެވެ. މި މުބާރާތުގައި އެއްވަނައަށްދާ ޓީމު ވާދަކުރާގޮތަށް ހަމަޖެހިފައިވަނީ މާލޭގައި އޮންނަ އަތޮޅުލީގު ޒޯން މުބާރާތުގައެވެ.
އަތޮޅުލީގު މުބާރާތަށް ތައްޔާރު ވުމުގެގޮތުން މަގޫދޫ ބަށިޓީމާއި، ނިލަންދޫގެ ބަށިޓީމު އެކުވެރިކަމުގެ މެޗެއް 16 މެއި 2015 ވަނަ ދުވަހު މަގޫދޫގައި ކުޅުނެވެ. މި މެޗުން މޮޅުވެފައިވަނީ 24 ލަނޑު، 23 ލަނޑު 6 ފޯލިން މަގޫދޫ ބަށިޓީމެވެ.