1436 ވަނައަހަރުގެ ރަމަޟާންމަހުގެ ރަސްމީ ގަޑިއާއި، ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ ގަޑި ކަނޑައަޅުއްވައިފި

20 މެއި 2015

1436 ވަނައަހަރުގެ ރަމަޟާންމަހުގެ ސަރުކާރުގެ އޮފީސްތަކުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 10.00 އިން މެންދުރުފަހު 2.00 އަށް ކަމަށާއި، ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީވެސް ހެނދުނު 10.00 އިން މެންދުރުފަހު 2.00 އަށް ކަމުގައި ސަރުކާރުން ހަމަޖައްސަވައިފިއެވެ.

ރަމަޟާންމަހުގެ ރަސްމީ މަސައްކަތު ގަޑިއާއި، ޝައްވާލުމަހުގެ ރަސްމީ މަސައްކަތުގަޑި މިގޮތަށް ހަމަޖެއްސެވުމާ ގުޅިގެން ރަސްމީ ގަޑިއަށް ފައްތަވައިގެން މަސައްކަތްތައް ރޭއްވެވުމަށް ޚައްޞަ ސަމާލުކަމެއް ދެއްވުމަށް، މިކަމާބެހޭގޮތުން ރައީސުމް ޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވާފައިވާ ދެންނެވުމުގައި ބަޔާންކޮށްފައި ވެއެވެ.

1435 ވަނައަހަރުގެ ރަމަޟާންމަހާއި، އެ އަހަރުގެ ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑި ހަމަޖައްސާފައިވަނީ ވެސް މިގޮތަށެވެ.