ދަރަނބޫދޫގައި އަލަށް ހެދުމަށް ހަމަޖެހިފައިވާ ފުޓްސަލް ދަނޑުގެ މަސައްކަތް ފަށައިފި
މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނެސް އެނޑް ރިކްރިއޭޝައިން ދަރަނބޫދޫގައި އަލަށް ހެދުމަށް ހަމަޖެހިފައިވާ ފުޓްސަލް ދަނޑު ހެދުމުގެ މަސައްކަތް 2024 ޖަނަވަރީ 09 ވަނަ ދުވަހު ފަށައިފިއެވެ.
މަސައްކަތް ފަށާތާ 50 ދުވަހުގެ ތެރޭގައި ނިންމާގޮތަށް މި މަސައްކަތް ޙަވާލުކޮށްފައިވަނީ މޯލްޑިވްސް އެސުއަރ ސަޕްލައިއާއިއެވެ. މިމަސައްކަތުގެ އަގަކީ 1,622,372/35 ރުފިޔާއެވެ.
ފުޓްސަލް ދަނޑުގެ ބިން ސާފުކުރުމުގެ މަސައްކަތް ފަށާފައިވަނީ 2024 ޖަނަވަރީ 02 ވަނަ ދުވަހުއެވެ. ކައުންސިލްގެ މުވައްޒަފުންނާއި އެކި ފަރާތްތަކުގެ އެހީތެރިކަމާއެކު ކުރިއަށްގެންދިޔަ ބިން ސާފުކުރުމުގެ މަސައްކަތުގައި ބައިވެރިވި އެންމެހާ ފަރާތްތަކަށް ދަރަނބޫދޫ ކައުންސިލް އިދާރާގެ ނަމުގައި ޝުކުރު އަދާ ކުރަމެވެ.