ކައުންސިލްގެ މަސައްކަތްތައް ބެހިފައިވާ ގޮތް
ސިވިލްސާރވިސް ކޮމިޝަނުން 26 އޮކްޓޯބަރ 2022 ގައި ފާސްކޮށްދެއްވި ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލްގެ އިދާރާގެ އޮނިގަނޑުގައިވަނީ 01 ސެކްޝަނާއި 03 ޔުނިޓެވެ. އެއީ؛
އިކޮނަމިކް، ސޯސިއަލް، މުނިސިޕަލް އެންޑް ޕްރޮޖެކްޓް ސެކްޝަން
މުނިސިޕަލް ސާރވިސް އެންޑް ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް
އިކޮނަމިކް އެންޑް ޝޯސިއަލް ޑިވެލޮޕްމަންޓް ޔުނިޓް
ކޯޕަރެޓިވް އެފެއާޒް ޔުނިޓް
ކައުންސިލަށް ޖަވާބުދާރީވާންޖެހޭ ސިވިލްސާރވިސް އެންމެ އިސްވެރިޔަކީ ސެކްރެޓަރީ ޖެނެރަލެވެ. ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ބޭފުޅަކު ހަމަޖެހިފައި ނުވާތީ، ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން އަދާކުރަމުން ގެންދަނީ ކައުންސިލް އެގްޒެކެޓިވް އަޙްމަދު ޢާމިރެވެ.