ދާއިމީ ކޮމެޓީތައް

ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލްގެ އިދާރާގެ ބިޑްކޮމެޓީ

ބިޑުކޮމެޓީއަކީ ދައުލަތުގެ މާލިއްޔަތުގެ ޤަވާޢިދުގެ ޕްރޮކިއުމެންޓު ބާބުގެ 10.13 ވަނަ މާއްދާގެ ދަށުން ދައުލަތުގެ އޮފީސްތަކުންކުރާ ޕްރޮކިއުމެންޓު މަސައްކަތްތަކުގެ ތެރެއިން ބިޑުކޮމެޓީތަކުން ހުއްދަ ދޭންޖެހޭ ޕްރޮކިއުމެންޓު މަސައްކަތްތަކަށް ހުއްދަ ދިނުމަށްޓަކައި ދައުލަތުގެ ކޮންމެ އޮފީހެއްގައި އުފައްދަންޖެހޭ ކޮމެޓީއެކެވެ. މިގޮތުން މިއިދާރާގައި އުފައްދާފައިވާ ބިޑުކޮމެޓީ އެކުލެވިގެންވަނީ ޗެއާރޕާސަން އާއެކު 05 މެންބަރުންގެ މައްޗަށެވެ.

މިކޮމެޓީގެ މަސްއޫލިއްޔަތަކީ، މިއިދާރާގެ ބިޑުކޮމެޓީގެ ހުއްދަ ހޯދުމަށް ހުށަހަޅާ ޕްރޮކިއުމެންޓާބެހޭ ކަންތައްތައް، އެމަރުޙަލާގައި ކުރިއަށް ގެންދެވިފައިވަނީ، ދައުލަތުގެ މާލިއްޔަތު ޤަވާޢިދާ އެއްގޮތްވާ ގޮތުގެމަތިންތޯ ބަލައި ޗެކުކޮށް، ހުއްދަ ދޭންޖެހޭ ކަންތަކާމެދު ގޮތެއް ނިންމައި ކޮމެޓީން ހުއްދަ ދިނުމަށް ކަނޑައަޅާފައިވާ މިންގަނޑަށްފެތޭ ޕްރޮކިއުމެންޓުގެ މަސައްކަތްތަކަށް ހުއްދަ ދިނުމުގެ މަސައްކަތް ކުރުމެވެ.

1 -- -- -- --


ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލް އިދާރާގެ މުރާޖާ ކޮމެޓީ

މި ކޮމެޓީއަކީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން މިއިދާރާއިން ހޯދުމަށް ހުށަހަޅާ މަޢުލޫމާތާ ގުޅިގެން މިއިދާރާގެ އިންފޮރމޭޝަން އޮފިސަރ ނިންމާ ނިންމުން ތަކާމެދު ހިތްހަމަ ނުޖެހިގެން މިއިދާރާއަށް ހުށަހަޅާ ޝަކުވާތައް ބަލައި މުރާޖާކޮށް ފިޔަވަޅުއެޅުމަށް، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޤަވާޢިދުގެ 42 ވަނަ މާއްދާގެ ދަށުން މިއިދާރާގައި އުފައްދާފައިވާ ކޮމެޓީއެކެވެ. މިކޮމެޓީ އެކުލެވިގެންވަނީ 03 މެންބަރުންގެ މައްޗަށެވެ. މިއިދާރާގެ މުރާޖާ ކޮމެޓީގެ ނިންމުމާމެދު ހިތްހަމަ ނުޖެހޭ ފަރާތްތަކުން އެމައްސަލަ ހުށަހަޅާނީ އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީހަށެވެ.

މިކޮމެޓީގެ މަސްއޫލިއްޔަތަކީ، މިއިދާރާގެ އިންފޮރމޭޝަން އޮފިސަރ ނިންމާ ނިންމުންތަކާމެދު ހިތްހަމަ ނުޖެހޭ ފަރާތްތަކުން މިއިދާރާއަށް ހުށަހަޅާ ޝަކުވާގެ މައްސަލަތައް ބަލައި މުރާޖާކޮށް ފިޔަވަޅު އެޅުމެވެ.

--

--

--
--