އިންފޮރމޭޝަން އޮފިސަރުގެ މަޢުލޫމާތު

ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލް އިދާރާގެ އިންފޮރމޭޝަން އޮފިސަރ

ޒުލައިޚާ މުޙައްމަދު

ސީނިއަރ ކައުންސިލް އޮފިސަރ

ގުޅޭނެ ފޯނު ނަންބަރު: 6740015

އީމެއިލް އެޑްރެސް: admin@dharanboodhoo.gov.mv


މިއިދާރާގެ އިންފޮރމޭޝަން އޮފިސަރެއްގެ ގޮތުގައި ހަމަޖައްސާފައިވާ މަތީގައިއެވާ މުވައްޒަފަކީ، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން މިއިދާރާއިން މަޢުލުމާތު ހޯދުމަށް ހުށަހަޅާ ފަރާތްތަކަށް ދޫކުރަންޖެހޭ މަޢުލޫމާތު ދޫކުރުމުގެ މަސްއޫލިއްޔަތު އުފުލުމަށް، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޤަވާޢިދުގެ 36 ވަނަ މާއްދާގެ ދަށުން ކަނޑަ އަޅާފައިވާ މުވައްޒަފެކެވެ.

މިއިދާރާގެ އިންފޮރމޭޝަން އޮފިސަރގެ މަސްއޫލިއްޔަތަކީ، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން މިއިދާރާއިން މަޢުލުމާތު ހޯދުމަށް ހުށަހަޅާ ފަރާތް ތަކަށް ޖަވާބުދާރީ ވުމާއި، މިއިދާރާއިން މަޢުލޫމާތު ހޯދުމަށް ހުށަހަޅާފައިވަނީ ޤާނޫނާއި، ޤަވާޢިދާ އެއްގޮތަށްތޯ ބަލައި ކަށަވަރުކޮށް، ހޯދުމަށް ހުށަހަޅާފައިވާ މަޢުލޫމާތުތައް ޤާނޫނާއި ޤަވާއިދާ އެއްގޮތަށް ދޫކޮށް، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޤަވާޢިދުގައިވާ އިންފޮރމޭޝަން އޮފިސަރ ތައްޔާރު ކުރަންޖެހޭ ލިޔެކިއުންތައް ތައްޔާރުކޮށް، ދޫކުރެވޭ މަޢުލޫމާތު ތަކުގެ ރެކޯޑުތައް ބަލަހައްޓައި، އެކަމާބެހޭ ރިޕޯޓު ތައްޔާރުކޮށް ބެލެހެއްޓުމެވެ.