ކައުންސިލް މެންބަރަކަށް އިންތިޚާބުކުރި ލުޤުމާން ޢަލީ މެންބަރުކަމުގެ ހުވައި ކޮށްފި

17 ޖަނަވަރީ 2024



ދަރަނބޫދޫ ކައުންސިލުން ހުސްވެފައިވާ ކައުންސިލް މެންބަރުކަމަށް އިންތިޚާބުކުރި ލ. އިސްދޫ ހިޔަލީ ގުލްޝަން ލުޤުމާން ޢަލީ މެންބަރު ކަމުގެ ހުވައި ކުރުން ދަރަނބޫދޫ ކައުންސިލްގެ އިދާރާގައި ބާއްވައިފިއެވެ.

ދަރަނބޫދޫ ކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލްގައި 2024 ޖަނަވަރީ 16 ވަނަ ދުވަހުގެ 10.00 ގައި ބޭއްވި ހުވައި ކުރުމުގެ ދަރުބާރުގައި ލުޤުމާން ޢަލީއަށް ހުވައިލައި ދެއްވީ ފ. ނިލަންދޫ ކޯޓްގެ އިސް މެޖިސްޓްރޭޓް ޢަބްދުލް ޢަޒީޒު މޫސާއެވެ.

ލުޤްމާން ޢަލީ މީގެކުރިން ހުންނެވީ ދަރަނބޫދޫ ކައުންސިލް އިދާރާގެ ސްޕޯރޓްސް އޮފިސަރެއްގެ މަޤާމުގައެވެ.