ތަޖުރިބާ ހޯދުމަށް މިއިދާރާގެ މުވައްޒަފުން މާލެއަތޮޅުގެ ބައެއް ރަށްރަށަށް ދަތުރެއް ކޮށްފި

04 ފެބްރުވަރީ 2024ތަޖުރިބާ ހޯދުމަށް މިއިދާރާގެ މުވައްޒަފުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުން ހިމެނޭގޮތަށް މާލެއަތޮޅުގެ ތިން ރަށަކަށް ދަތުރެއް ކޮށްފިއެވެ. މި ދަތުރުގައި 21 މީހުން ބައިވެރި ވެފައި ވެއެވެ.

މާލެއަތޮޅު މާފުއްޓަށާއި، ގުރައިދޫ އަދި ގުޅިއަށް ކުރި މިދަތުރުގައި އެރަށްރަށުގެ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ބައްދަލުކޮށް، އެރަށްރަށުގެ ލޯކަލް ޓޫރިޒަމް ކުރިއަށް ގެންދާގޮތުގެ މަޢުލޫމާތު ހޯދިފައި ވެއެވެ. މީގެ އިތުރުން އެރަށްރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ހިންގުމުގައި ޢަމަލު ކުރަމުން ގެންދާ ގޮތާއި، ކޮމެޓީން ކުރަމުން ގެންދާ މަސައްކަތްތަކުގެ މަޢުލޫމާތުވެސް ހޯދިފައި ވެއެވެ.

މި ދަތުރުގައި އެރަށްރަށުގެ މުހިންމު ތަންތަނަށް ޒިޔާރަތްކުރުމާއި، ބައެއް ރަށްރަށުގެ ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ހިންގާ ތަންތަނަށް ޒިޔާރަތްކޮށް ކައުންސިލުން ބޭނުންވާ މަޢުލޫމާތު ހޯދިފައި ވެއެވެ. މިއިދާރާއިން ކުރި މިދަތުރުގައި މި އިންކޮންމެ ރަށަކުންވެސް ވަރަށް ރަގަނޅު މެހުމާންދާރީއެއް އަދާކޮށް ދެއްވާފައިވާކަން ފާހަގަ ކުރެވެއެވެ.

މި ދަތުރަކީ ދަރަނބޫދޫ ކައުންސިލްގެ އިދާރާއިން ތަޖްރިބާ ހޯދުމަށް ކުރި ފުރަތަމަ ދަތުރެވެ. 2024 ޖަނަވަރީ 31 ވަނަ ދުވަހު ފެށި މިދަތުރު ނިންމާލާފައިވަނީ 2023 ފެބްރުވަރީ 03 ވަނަ ދުވަހުއެވެ.