މިއިދާރާގެ 03 މުވައްޒަފަކު މާލީ ބަޔާން ތައްޔާރު ކުރުމުގެ ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކޮށްފި

08 ފެބްރުވަރީ 2024



ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން މިއަތޮޅު ނިލަންދޫގައި ކުރިއަށް ގެންދިޔަ މާލީބަޔާން ތައްޔާރުކުރަން ދަސްކޮށްދިނުމުގެ ތަމްރީނު ޕްރޮގްރާމްގައި މިއިދާރާގެ 03 މުވައްޒަފަކު ބައިވެރިވެ ތަމްރީނު ފުރިހަމަ ކޮށްފިއެވެ.

2024 ފެބްރުވަރީ 04 އިން 07 އަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމްގައި ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރާމްގައި މިއިދާރާގެ ފަރާތުން ބައިވެރިވެފައިވަނީ އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް އަޙްމަދު ޒުނައިރާއި، ކައުންސިލް އޮފިސަރ ޢާއިޝަތު ނިއުޝާއާއި، ކައުންސިލް އޮފިސަރ ޝަހީބާ ޢަބްދުއްލަޠީފެވެ.

ރަށުކައުންސިލް އިދާރާތަކުން ތައްޔާރުކުރަންޖެހޭ މާލީ ބަޔާން ރަގަނޅު ފެންވަރުގައި ތައްޔާރު ކުރުމަށް 2021 ވަނަ އަހަރުން ފެށިގެން ނިލަންދެއަތޮޅު އުތުބުރީ އަތޮޅު ކައުންސިލް އިދާރާއިން ކުރިއަށް ގެންދާ މި ތަމްރީނު ޕްރޮގްރާމްގެ ތެރެއިން ވަރަށްގިނަ މުވައްޒަފުން މިހާރުވަނީ ތަމްރީނު ކޮށްފައެވެ. މިއަހަރުގެ ތަމްރީނު ޕްރޮގްރާމްގައި 07 މުވައްޒަފުން ބައިވެރިވިއެވެ.

އަތޮޅު ކައުންސިލުން ކުރިއަށް ގެންދާ މި މަސައްކަތުގެ ތެރެއިން 2022 ވަނަ އަހަރަކީ މިއަތޮޅުގެ ހުރިހާ ރަށެއްގެ ރަށުކައުންސިލް އިދާރާތަކުގެ މާލީ ބަޔާން އަތޮޅުކައުންސިލަށް ފޮނުވި ފުރަތަމަ އަހަރެވެ.